ވިޔަފާރި

ޓުއަރިޒަމް މިނިސްޓަރ މާފުށްޓަށް ޒިޔާރާތްކޮށްފި


ފުޅާ ދާއިރާއެއްގައި ލޯކަލް ޓުރިޒަމް ވިޔަފާރިކުރަމުންދާ ކ.މާފުށްޓަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދް ޒިޔާރާތްކުރައްވައިފިއެވެ.

ޓުއަރިޒަމް މިނިސްޓަރ މާފުށްޓަށް ވަޑައިގަތުމުން މާފުށީގެ ކައުންސިލުންނާއި ރައްޔިތުން ވަނީ މިނިސްޓަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވާ މާފުށީގެ ގެސްޓްހައުސް ވިޔަފާރިއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކައުންސިލްގެ އިސްވެރިންނާއި ބައްދަލުކުރައްވާ މާފުށީގެ ލޯކަލް ޓޫރިޒަމް އޮތް ހާލަތާއި ކަންކަން ރަނގަޅުކުރުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މިނިސްޓަރ މަޝްވަރާކުރެއްވިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ އަލީ ވަހީދު ވަނީ މާފުށީގެ އެކި ހިސާބުތަކަށް ވަޑައިގެން ރަށުގެ ޢާއްމު ޙާލަތުވެސް ބައްލަވާލައްވާފައެވެ. އެގޮތުން ރަށުގެ ކުނި ގޮނޑާއި ސިއްޚީ މަރުކަޒަށް މިނިސްޓަރ ޒިޔާރާތްކުރެއްވިއެވެ.

މި ދަތުރުފުޅުގައި ޓުއަރިޒަމް މިނިސްޓަރ އަރިހުގައި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނާއި އެމް.އެމް.ޕީ.އާރު.ސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.