ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާ ބައްދަލު ކުރައްވައިފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކުރީގެ ރައީސް މައުމޫނާ ބައްދަލުކުރެއްވީ މިއަދު ހެނދު ރައީސް އޮފީހުގައެވެ. އެހެން ނަމަވެސް މި ބައްދަލުވުމާގުޅޭ އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ.
ރިޔާސީ އިންތިޚާބުގެ ފަހުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެ ފަހަރެއްގެ މަތިން ރައީސް މައުމޫނާ ބައްދަލު ކުރެއްވި ނަމަވެސް ރައީސް ކަމާ ހަވާލުވެވަޑައިގަތް ފަހުން ބައްދަލުކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.