ޚަބަރު

ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމަށާއި 4 މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން އައްޔަންކުރައްވައިފި


ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމަށާއި 4 މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަޤާމަށް އައްޔަނުކުރެއްވީ އެމްޑީޕީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުޙައްމަދު ޝިފާޒުއެވެ.

ސްޓޭޓް މިނިސްޓަރުން އައްޔަންކުރެއްވި ހަތަރު މިނިސްޓްރީއަކީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް އައްޔަންކުރެއްވީ، ރައީސް ނަޝީދު ސަރުކާރުގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީންއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒްގެ މަޤާމަށް އައްޔަންކުރެއްވީ އެމިނިސްޓްރީގެ އިސް މަޤާމްތަކެއް ފުރުއްވާފައިވާ އަހުމަދު ޚަލީލްއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަޤާމަށް އައްޔަންކުރެއްވީ، ނީޒާ އިމާދުއެވެ. އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމަށް އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ތާރިޤްއެވެ.