ޚަބަރު

ބަނގުރާ ފުޅިތަކަކާއެކު ބިދޭސީއަކު ހުޅުމާލެއިން ހައްޔަރުކޮށްފި


ބަނގުރާ ފުޅިތަކަކާއެކު ބިދޭސީއަކު ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 34 އަހަރުގެ ޔުގެންޑާގެ ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މި ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހު 22:10 ހާއިރު ހުޅުމާލެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުޅުމާލެ ޕެޓްރޯލް ޝެޑް ކައިރިންނެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ބަލައިފާސްކުރިއިރު އޭނާގެ ކޮނޑުގައި އަޅުވާފައިއޮތް ދަބަސް ތެރެއިން 2 ފުޅި ބަނގުރާ ފެނިފައިވެއެވެ. މީގެއިތުރުން އެދަބަސް ތެރެއިން ބަނގުރާބުއިމަށް ބޭނުންކުރާ ތަކެތިވެސް ފެނިފައިވެއެވެ.