ތަޢުލީމު

ޑެޕިއުޓީ ޕްރިންސިޕަލުން މަޤާމުން ވަކިނުކުރަން ނިންމައިފި


ޑެޕިއުޓީ ޕްރިންސިޕަލުން
މަޤާމުން ވަކި ނުކޮށް ތަޢުލީމީ ދާއިރާގައި ކުރިންވެސް އަމަލު ކުރަމުން އައި ގޮތައް
މަސައްކަތް ކުރުމަށް ތަޢުލީމާއި ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.



އެވުޒާރާގައި ބޭއްވި
ނޫސްވެރިންގެ ބައްދަލުވުމުގައި ތަޢުލީމާއި ބެހޭ ވަޒީރު ޑރ.އައިޝަތު ޝިހާމް
ވިދާޅުވީ، އެވުޒާރާއިން ބޭނުންވަނީ ތަޢުލީމީ ނިޒާމް ހަރުދަނާކޮށް ތަޢުލީމީ
ފަރާތްތަކުން އެފަރާތްތަކުގެ ޤާބިލްކަން މިދާއިރާ ކުރި އެރުވުމަށް ބޭނުން
ކުރެއްވުމަށް ކަމަށެވެ. އަދި މިހާރު ތިއްބެވި ޑެޕިއުޓީ ޕްރިންސިޕަލުންގެ ތެރެއިން އިތުރަށް
ތަޢުލީމް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދެއްވާނެ ކަމަށްވެސް މިނިސްޓަރ
ވިދާޅުވިއެވެ.



މީގެ އިތުރުން ވަޒީރު ވިދާޅުވީ، ކިޔަވައިދިނުމުގެ އޮނިގަނޑަށް އަންނަ އަހަރު
ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި އޮނިގަނޑަށް ގެންނަށް ބަދަލުގެ
ތެރޭގައި ސްކޫލްތައް އެންމެ ހަރުދަނާކޮށް ހިންގޭނެ ގޮތަކަށް ބަލައްވާ ބަދަލުގެންނަވާނެކަމަށެވެ.
އަދި މީގެ ތެރޭގައި ކުދިންނަށް އެންމެ ފައިދާ ހުރި ގޮތްތައް ބަލައި އެގޮތްތަކަށް
އަމަލު ކުރުން ހިމެނޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.