ޚަބަރު

ކާރެއްގެތެރެއިން ބަނގުރާފުޅިތަކެއް ހޯދައި 2 މީހަކު ހައްޔަރުކޮށްފި


ހުޅުމާލެއާއި ހުޅުލެއާ ދެމެދު ދަތުރުކުރާ ކާރެއްގެ ތެރެއިން ބަނގުރާފުޅިތަކެއް ހޯދައި މި މައްސަލައިގެ ތުހުމަތުގައި 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 36 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ  ފިރިހެނެކެވެ.  މިދެމީހުންނަކީވެސް އިންޑިއާގެ ދެ ރައްޔިތެކެވެ.  މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޑިސެމްބަރ 24 ވަނަ ދުވަހު 20:30 ހާއިރު ހުޅުމާލޭ 5 ނަމްބަރ ފްލެޓް ކައިރިން ކާރެއްގައި ދަނިކޮށެވެ.

ފުލުހުން މި ކާރު ހުއްޓުވާފައިވަނީ ހުޅުމާލެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުން އެކާރު ހުޅުމާލެ ސުނާމީ ޖެޓީ ސަރަޙައްދުން ފެނުމުން އެ ކާރުގައި މަސްތުވާއެއްޗެއް ގެންގުޅޭކަމަށް ތުހުމަތުކުރެވިގެންނެވެ. އަދި މި ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު ކާރުގެ ވައަތް ފަރާތުގެ ސީޓުގެ ކުރިމަތީ ވަތްގަނޑުން ބަނގުރާ ފުޅިއެއް ފެނިފައިވާއިރު ކާރުގެ ވައަތްފަރާތު ސީޓު ކައިރިން 3 ފުޅީ ބަނގުރާ ފެނިފައިވެއެވެ.