ސިޔާސީ

އުމުރުން 65 އަހަރުން މަތީގެ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ކަމަށ


އުމުރުން 65 އަހަރުން މަތީގެ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ކަމަށް
ކުރިމަތިނުލެއްވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ
މަޖިލީހަށް ހުށައަޅުއްވައިފިއެވެ.



ގާނޫނު އަސާސީއަށް އެ އިސްލާހު ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ކޯލިޝަންގައި
ހިމެނޭ އެމްޑީއޭގެ ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލެވެ. ގާނޫނު
އަސާސީގެ 109 ވަނަ މާއްދާގެ (ނ)ގައި މިހާރު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ
ކަމަށް ކުރިމަތިލެވޭނީ، އުމުރުން 35 އަހަރުވެފައިވާ މީހަކަށް ކަމުގައެވެ.

އަދި
ގާނޫނު އަސާސީއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ
މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން
ކަމަށެވެ. އެއީ 64 މެންބަރުން ތާއީދުކޮށް ވޯޓް ދެއްވުމުންނެވެ.