ޚަބަރު

އައްޑޫސިޓީ ކައުންސިލުން އިންޑިއާ ސަފީރާ ބައްދަލުކޮށްފި


އައްޑޫސިޓީ ކައުންސިލުން އިންޑިއާ ސަފީރު، އަކިލޭޝް މިޝްރާއާއި ބައްދަލުކުރައްވައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައްޑޫސިޓީ ކައުންސިލުން ބުނީ، މިބައްދަލުވުމުގައި އައްޑޫސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިކަމަށެވެ. މި ބައްދަލުވުމުގައި ކައުންސިލުން ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުންނާއި، އައްޑޫގައި އިންޑިއާގެ އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް، އައްޑޫ ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި އިންޑިއާ އާއި އައްޑޫސިޓީއާ ދެމެދު ބާއްވަމުންދާ އުދުހުންތައް އިތުރުކުރުމާއި، ކަނޑުމަގުން މުދާ އެތެރެކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެންދިޔަކަމަށްވެސް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.