ޚަބަރު

މަސީން ރައީސުލްޖުމްހޫރިއްޔާ އަށް ޝަރަފުގެ އައްޑަނައަރުވައިފި


ދިވެހިރާއްޖޭގައި ޢިމާރާތްކުރުމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުންސަލާމަތްކުރެއްވުމަށް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި،ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި މޯލްޑިވްސްއެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީން  ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމަށް ޝަރަފުގެ އައްޑަނައަރުވައިފިއެވެ.މި އައްޑަނަ ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، މިއަދުމެންދުރުކުރީގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތްބައްދަލުކުރެއްވުމުގައެވެ.މިބައްދަލުކުރެއްވުމުގަ މަސީގެ ރައީސް ޢަބްދުﷲ މުޙަންމަދު ދެއްކެވިވާހަކަފުޅުގައި، ޢިމާރާތްކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުންގެންދަވާފިޔަވަޅުތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ޢިމާރާތްކުރުމުގެދާއިރާއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރެއްވިއެވެ.ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެމަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރެއްވިކަމަށްޓަކައި މަސީގެމެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރާއްޖޭގެ ޢިމާރާތްކުރުމުގެދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެދާއިރާގެތަރައްޤީއަށް ސަރުކާރުން އަބަދުވެސް އެއްބާރުލެއްވުން ދެއްވަމުންގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.