ޚަބަރު

ފަރަށްއެރި ސަފާރީ ފުންކުރުމުގެ މަސައްކަތް ސިފައިން ފަށައިފި


ބ. ދަރަވަންދޫ ނެރުމައްޗަށް ފަރަށްއެރި ސަފާރީ ފުންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކުރަމުންދަނިކޮށް "ބްލޫ ލެގޫން" ނަމަކަށްކިޔާ ސަފާރީއެއް ދަރަވަންދޫ ނެރުމަށްޗަށް އަރާފައިވަނީ މިދިޔަ އާދީއްތަދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެމްއެންޑީއެފުން ބުނީ އެ ސަފާރީ ފުންކުރުމުގެ މަސައްކަތް ސަފާރީގެ ވެރިފަރާތުން ކުރަމުންދާކަމަށާއި، ވެރިފަރާތަށް ބޭނުންވާ އެހީތެރިކަން އެމްއެންޑީއެފް ކޯސްޓް ގާރޑްގެ ޑައިވަރުން ފޯރުކޮށްދެމުންދާކަމަށެވެ.

"ބުލޫ ލެގޫން" ނަމަކަށް ކިޔާ ސަފާރީއެއް ދަރަވަންދޫ ނެރުމައްޗަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފައަށް ލިބިފައިވަނީ 19 ވަނަ ދުވަހުގެ ރޭގަނޑު 12:45 އެހާކަންހާއިރުއެވެ. މިހާދިސާ ހިނގިއިރު އެ ސަފާރީގައި ޖުމުލަ 27 މީހުން ތިބިކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ. މީގެތެރޭގައި 13 ފަތުރުވެރިންނާއި 14 ފަޅުވެރިން ހިމެނެއެވެ. އެހެންނަމަވެސް މިއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.