ޚަބަރު

"ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ" ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފި


ސިޔާސީ މަޤުޞަދެއްގައި ޖިނާއީ ތުހުމަތެއް ކޮށް، ހައްޔަރު ކޮށްފައިވާ ފަރާތްތައް މިނިވަންކުރުމުގެ މަސައްކަތްޕުޅު ކުރިއަށް ގެންދެވުމުގެ ގޮތުން، [ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ] ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ ދުވަހު މި މަސައްކަތްޕުޅު ފެށްޓެވުމުގެ ގޮތުން، [ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ] އެކުލަވާލައްވާފައިވަނީ 17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހުއެވެ.

އެކޮމިޓީގައި ހިމެނިވަޑައިގަންނަވާނީ:

1. މިނިސްޓަރ އޮފް ހޯމް އެފެއާޒް
2. ކޮމިޝަނަރ އޮފް ޕޮލިސް
3. ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް
4. ބަންޑާރަ ނައިބު