ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ މަރުވެފައި އޮތްވާ ފެނިއްޖެ


އައްޑު ސިޓީ މަރަދޫ އާއި ހިތަދޫ އާއި ދެމެދު އޮންނަ ގައުކެނޑި ބުރިޖް ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެއްލުނު ޒުވާނާ މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ 18 އަހަރުގެ ޒުވާނާ ހޮސްޕިޓަލަށް ގެނައިއިރުވެސް މަރުވެފައިވާކަމަށެވެ. ނަމަވެސް އެއްވެސް ތަފްސީލެއް ހޮސްޕިޓަލުން ނުދެއްވައެވެ. މަރުވެފައިވަނީ ގއ. ދާންދޫ ޖަވާހިރުމާގޭ އަޙްމަދު ޖައިޝާން، 18 އެވެ.

އެމްއެންޑީއެފުން ބުނީ 18 އަހަރުގެ ޒުވާނާ ގެއްލުނީ އިތުރު ދެ ކުއްޖަކާއެކު މޫދަށް އެރި އުޅެނިކޮށެވެ. އަދި އޭނާ ފެނުނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އޭނާ ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށެވެ.