ޚަބަރު

ޑިފެންސް މިނިސްޓަރ، ސިފައިންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި


ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ، ސިފައިންގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ސިފައިންގެ އިސްވެރިންނާއެކު ބޭއްވި މިބައްދަލުވުމަކީ ޑިފެންސް މިނިސްޓަރގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ސިފައިންގެ އިސްވެރިންނާއެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.

މިބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަހުމަދު ޝިޔާމް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނަރަލް އަހުމަދު ޝާހިދު އަދި ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ދެއްވި ތަޤްރީރުގައި ސިފައިންގެ މުއައްސަސާއަކީ ރައްޔިތުންގެ ޤަދަރުކުރާ، އިތުބާރުކުރާ މުއައްސަސާއަކަށް ހައްދަވައިދެއްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.