ޚަބަރު

އައްޑޫ ސިޓީ ގައުކެނޑި ސަރަހައްދަށް މޫދަށް އެރި އުޅުނު ކުއްޖަކު ގެއްލިގެން ހޯދަނީ


އައްޑު ސިޓީ މަރަދޫ އާއި ހިތަދޫ އާއި ދެމެދު އޮންނަ ގައުކެނޑި ބުރިޖް ސަރަހައްދަށް މޫދަށް އެރި އުޅުނު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދަނީ 18 އަހަރުގެ ޒުވާނެއްކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތުގެ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވިންގ ޓީމެއް ހަރަކާތްތެރިވަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ 18 އަހަރުގެ ޒުވާނާ ގެއްލުނީ އިތުރު ދެ ކުއްޖަކާއެކު މޫދަށް އެރި އުޅެނިކޮށެވެ.