ޚަބަރު

އޭދަފުށީ ދާރުލް ފުރްޤާން ޤުރުއާން ކުލާހުގެ އެންމެ މޮޅު ދަރިވަރަކަށް އައިމިނަތު ޒާރާ ސަމީރު ހޮވިއްޖެ


ބ އޭދަފުށީގައި އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ ޤުރްއާން ކުލާހެއް ކަމަށްވާ ދާރުލް ފުރުޤާން ޤުރުއާން ކުލާހުން މިއަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އައިމިނަތު ޒާރާ ސަމީރު ހޮވިއްޖެއެވެ.

އިއްޔެ ބޭއްވި މިއަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި މި ޤުރުއާން ކުލާހުން އެކިއެކި ވަނަތައް ޙާޞިލު ކުރި ދަރިވަރުންނަށް ވަނީ ސެޓްފިކެޓާއި ފައިސާގެ އިނާމު ދީފައެވެ. ދާރުލް ފުރުޤާން ޤުރުއާން ކުލާހުން މިއަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އައިމިނަތު ޒާރާ ސަމީރެވެ. ދެވަނަ މަރިޔަމް ނައުރީން ނާޝިދު ޙާޞިލުކޮށްފައިވާއިރު، ތިންވަނަ ހޯދީ ޢަޒާން ބިން އަޙްމަދު ހަލީމެވެ.

މީގެއިތުރަށް ކްލާސްތަކުން ޙާޟިރީން އެންމެ މޮޅު ދަރިވަރުންނާ، ކިޔަވައި ދިން މާއްދާތަކުން އެންމެ މޮޅު ދަރިވަރުންނަށާ، ހިތުން ކިޔެވުމުގެ ގޮތްޕާއި ބަލައިގެން ކިޔެވުމުގެ ގޮފިން ވަނަތައް ހޯދި ދަރިވަރުންނަށްވެސް މި ރަސްމިއްޔާތުގައި އިނާމް ދިނެވެ.

އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެ ކުލާހުގެ ނާޟިރު ޢަލީ ނަސީރު ވިދާޅުވީ މިހާރަށްވުރެ ބޮޑަށް މައިބަފައިން ކުދިންގެ ކިޔެވުމަށް ސަމާލުކަން ދޭނަމަ ކުދިންގެ ޤުރުއާން ކިޔެވުމަށް ޝައުޤުވެރިވެ ޤުރުއާނުގެ ޢިލްމު އުގެނުމަށް ދޭ އަހައްމިއްޔަތުކަން އިތުރުވެގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ ދާރުލް ފުރުޤާން ޤުރުއާން ކުލާސް ހިންގަން ފެށިފަހުން އޭދަފުށި ކުދިން ޤުރުއާނަށް ކުރާ ލޯބި ކުރާ މިންވަރު އިތުރު ވެގެން ހިނގައްޖެކަމަށެވެ.

ދާރުލް ފުރުޤާން ޤުރުއާން ކުލާހުން ވަނީ އަންނަ އަހަރު އެ ކުލާހަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.