ޚަބަރު

ރާއްޖޭގައި ހުންނަވާ ދެކުނު ކޮރެއާގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ސަން ސިޔާމް


ރާއްޖޭގައި ހުންނަވާ ދެކުނު ކޮރެޔާގެ އޮނަރަރީ ކޮންސުލްގެ މަގާމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން، އެމް.ޑީ.އޭގެ ލީޑަރު އަހްމަދު ސިޔާމް މުޙައްމަދު ހަމަޖައްސައިފިއެވެ.

ދެކުނު ކޮރެއާގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ސިޔާމް ހަމަޖެއްސެވި ކަމުގެ ލިޔުން ހަވާލުކުރެއްވީ ސްރީލަންކާ އާއި ރާއްޖެއަށް، ކޮރެޔާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހީއޮން ލީ އެވެ.

ސިޔާމްއާ ލިޔުން ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްރީލަންކާގައި ހުންނަ ދެކުނު ކޮރެއާގެ އެމްބަސީގެ ކައުންސިލަރު، ޑެޕިއުޓީ ޗީފް އޮފް މިޝަން ޖަންގްހުޔުން ކުކް އާއި ކޮންސިއުލާ އެސިސްޓަންޓް ސުޒީ ޗޮއި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަން ސިޔާމް ގްރޫޕުގެ ޑިރެކްޓަރުން ކަމަށްވާ ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފާއި ޑރ. އާއިޝަތު ރަފިއްޔާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.