ސިޔާސީ

ފަނޑިޔާރުގެތަކަށް ވަރަށް ބޮޑު ގޮންޖެހުންތަކެއްވޭ - ފައިސަލް


ފަނޑިޔާރުންނާއި، ފަނޑިޔާރު
ގެތަކަށް މިއަދު ވަރަށް ބޮޑު ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އެގޮންޖެހުންތަކަށް
ރައްދު ދެއްވުމަށްޓަކައި ކުރައްވާ ޙުކުމް ތަކަކީ،  ޢިލްމީ ޤާބިލް ޙުކުމް
ތަކަކަށް ހެއްދެވުމަށް ފަނޑިޔާރުންގެ ކިބައިން ޖޭ.އެސް.ސީގެ ނައިބު ރައީސް
އަލްއުސްތާޛު މުހައްމަދު ފައިސަލް އެދިވަޑައިގެންފިއެވެ.



އަލްއުސްތާޛު މުހައްމަދު
ފައިސަލް މިކަމަށް އެދިވަޑައިގަތީ މާލެ އަތޮޅު ކާށިދޫ، ކޯޓް މެޖިސްޓްރޭޓް ޙުވާ
ކުރެއްވުމަށް ރޭ ސުޕްރީމްކޯޓުގައި އޮތް ރަސްމިއްޔާތުގައި  ވާހަކަފުޅު ދައްކަވަމުންނެވެ. ފައިސަލް
ވިދާޅުވީ، ފަނޑިޔާރުންގެ
ޤާބިލްކަމާއި ފެންވަރާއި މެދު ބަޔަކު ސުވާލުއުފެއްދު ނަމަވެސް ފަނޑިޔާރުން
އައްޔަން ކުރައްވަނީ އެބޭފުޅުންގެ އިލްމީ ޤާބިލްކަމަށް ބެއްލެވުމަށްފަހު ކަމަށެވެ.
އެހެން ކަމުން ފައިސަލް،
ވަނީ  ފަނޑިޔާރުން ޙުކުމް
ކުރައްވާއިރު، އެއްވެސް
މީހަކަށް ބިރުން ނުވަތަ ވަކި ފަރާތެއްގެ ނުފޫޒު ފޯރުވަފާނެ ކަމުގެ ބިރަށްޓަކައި
ޙުކުމް ކުރެއްވުމަށް ފަސްޖެހިވަޑައި ނުގަތުމަށް އެދިވަޑައިގެންފައެވެ.



މާލޭ އަތޮޅު ކާށިދޫ ކޯޓް
މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރައްވާފައިވަނީ، ކާށިދޫ، ޝެފްރަންވިލާ އަލްއުސްތާޛު އިބްރާހީމް ޝަކީބުއެވެ.
އެމަނިކުފާނަށް ޙުވާ ލައިދެއްވީ ހައިކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ސަމީރުއެވެ.
ފަތްކޮޅު އެރުއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބުދުﷲ ސަޢީދުއެވެ.