ޚަބަރު

ޕްރޮފެޝަނަލް ސްޓާފުން މަދުވުމަކީ ހައުސިންގް ޕްރޮޖެކްޓްތަށް ލަސްވާ ސަބަބެއް - ޓްރާންސިޝަން ކޮމިޓީ


ހައުސިންގް މިނިސްޓްރީއަކީ ގިނަ މަސްޢޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާ މިނިސްޓްރީއަކަށްވާއިރު، ތަނުގެ މަސައްކަތްތަކަށް ބޭނުންވާ ޢަދަދަށް ޕްރޮފެޝަނަލް މުވައްޒަފުން މަދުވުމަކީ އެ މިނިސްޓްރީގެ މަސައްކަތް ލަސްވުމަށް މެދުވެރިވާ ސަބަބެއްކަމަށް ޓްރާންސިޝަން ކޮމިޓީން ބުނެފިއެވެ.

ޓްރާންސިޝަން ކޮނިޓީއިން ހައުސިންގް މިނިސްޓްރީއާއި އެންވާރަމެންޓް މިނިސްޓްރީ ރިވިއުކުރުމަށްފަހު މީޑިއާއަށް މަޢުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެކޮމިޓީގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިންގް މިނިސްޓްރީގެ ދަށަށް ކައުންސިލްތަކާއި އެމްއާރްޑީސީފަދަ މުއައްސަސާތަކުގެ ބާރުތަށް ގެންގޮސްފައިވުމުގެ ސަބަބުން ގިނަ ޚިދުމަތްތަކެއް އެމިނިސްޓްރީން ދޭންޖެހިފައިވާކަމަށެވެ.

މިކަމުގެ ސަބަބުން ރައްޔިތުންނަށް އެންމެ އެކަށޭނަ ގޮތެއްގައި ޚިދުމަތް ފޯރުކޮއްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން އެނާ ފާހަގަކުރެއްވިއެވެ. އަސްލަމް ވިދާޅުވީ އެމިނިސްޓްރީގެ މަސްއޫލިއްޔަތު ތަކުގެތެރޭގައި ގިނަ ކަންކަން ހިމެނޭއިރު، އެކަމަށް އެކަށީގެންވާ ޢަދަދެއްގެ ތަމްރީނު ލިބިފައިވާ ޕްރޮފެޝަނަލް މުވައްޒަފުން ނެތްކަމަށެވެ.

ޓްރާންސިޝަން ކޮނިޓީން އެންވާރަމެންޓް މިނިސްޓްރީ ރިވިއުކުރުމަށްފަހު، ފާހަގަކުރެވުނުކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ އެމިނިސްޓްރީގެ މެންޑޭޓުގައި ހިމެނެނީ، ފެނާއި، ނަރުދަމާ، އަދި އަވިން އުފައްދާ އިޔާދަކުރެވޭ ހަކަތަ އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތްތަށް ކަމަށެވެ. އެންވާރަމެންޓް މިނިސްޓްރީން މިހާތަނަށް އައި އިރު މިއިން ކޮންމެ ދާއިރާއަކުންވެސް ގިނަ ޕްރޮޖެކްޓްތަކެއް ނިންމައި ހިންގަމުންދާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ މިޕްރޮޖެކްޓްތަކުގެ މެއިންޓެނެންސް މަސައްކަތްތަކުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ. މިކަން މިގޮތަށް ދިމާވަނީ ކައުންސިލްތަކުގެ ބާރު ސަރުކާރުން ކުޑަކޮށްފައިވާތީކަން އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ.