ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯރސް އިންޑިއާއަށް ފުރާވަޑައިގެންފި


ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ޗީފް އޮފް ޑިފެންސް ފޯރސްގެ މި ދަތުރުފުޅަކީ އިންޑިއާ ކަނޑުގެ އަސްކަރިއްޔާއިން އިންތިޒާމުކޮށްގެން މިމަހުގެ 13 އިން 14 އަށް އިންޑިއާގެ ކޮޗިންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން ނޭވަލް ސިމްޕޯސިއަމް އަޔަންސް ގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އިންޑިއަން އޯޝަން ނޭވަލް ސިމްޕޯސިއަމް އަޔަންސްއަކީ އިންޑިޔާ ކަނޑުގައިވާ ޤައުމުތަކަށް ދިމާވާ 'މެރިޓައިމް' މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ޙައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަން ބާއްވާ ފޯރަމެކެވެ. އަޔަންސްގެ މެމްބަރު ޤައުމުތަކުތަކުގެ ތެރޭގައި ދިވެހިރާއްޖެ، ބަންގްލަދޭޝް، އިންޑިޔާ ،ޕާކިސްތާން، ސްރީލަންކާ އަދި ސީޝެލްސްގެ އިތުރުން 29 ޤައުމެއް ހިމެނެއެވެ.

އިންޑިޔާއަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް އަޙްމަދު ޝިޔާމް އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.