ސިޔާސީ

ފަނޑިޔާރުން މަދުކުރުމުން ކޮމަންވެލްތުން ކަންބޮޑުވުން ފާޅުކޮށްފި


ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިޞްލާހާއި ގުޅިގެން ކޮމަންވެލްތުން  ކަންބޮޑުވުން ފާޅުކޮށްފިއެވެ.ކޮމަންވެލްތު ލޯޔަރސް އެސޯސިއޭޝަނުން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ޖުޑީޝަލް ސާރވިސަސް ކޮމިޝަންގެ ފަރާތުން ދެ ފަނޑިޔާރުން ވަކިކުރުމަށް ލަފާދިނުމަކީ ރާއްޖޭގެ ޤާނޫނު އަސާސީގެ 154ވަނަ މާއްދާއާއި ޚިލާފްކަމެއް ކަމަށެވެ.މިބަޔާނުގައި ކޮމަންވެލްތުން ދިވެހި ސަރުކާރަށާއި ޤާނޫނު ހަދާ މަޖިލީހަށް ގޮވާލާފައިވަނީ ޝަރުޢީ ދާއިރާގެ މިނިވަންކަމަށް އިޙްތިރާމްކުރުމަށާއި ޤާނޫނު އަސާސީން ކޯޓުތަކަށް ލިބޭ އިމްތިޔާޒްތަކަށް އިހްތިރާމް ކުރުމަށެވެ.ކޯޓްތަކާބެހޭ ގާނޫނަށް ރާއްޖޭގެ ގާނޫން ހަދާ މަޖިލީހުން ގެނައި އިސްލާހަށް ކޮމަންވެލްތުގެތެރެއިން ފާޑުކިޔުން އައިސްފައިވާއިރު ފަހަކަށްއައިސް ކޮމަންވެލްތުން ރާއްޖޭގައި އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެތެރޭގައި އަމަލުކޮށްފައިވާގޮތުން އެޖަމާއަތަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ކުރިމަތިކޮށްފައިވެއެވެ.