ސިއްހަތު

ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ހަމަޖެއްސުމަށް ތައްޔާރުވަނީ


ފެމިލީ ޑޮކްޓަރުން ނުވަތަ ކޮންމެ އާއިލާއަކަށް ޒިންމާވާނެ ޑޮކްޓަރެއް ހަމަޖެއްސުމަށްޓަކައި، ބަލި މީހާގެ ސިއްޚީ މައުލޫމާތު އެއްކުރުމަށް ބޭނުންކުރާ ސޮޕްޓްވެއަރ ޓެސްޓް ކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުންދާކަމަށް  ހެލްތް މިނިސްޓްރީން ބުނެފިއެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން ހެލްތް މިނިސްޓަރުގެ ނައިބު ހުސެއިން ރަޝީދު ވިދާޅުވީ، ފެމިލީ ޑޮކްޓަރުން ހަމަޖެއްސުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ވާންޖެހޭ އިދާރީ ތައްޔާރީތައް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށެވެ. އަދި ފެމިލީ ޑޮކްޓަރުންގެ ޚިދުމަށް ލިބިގަންނަންދާ ބަލި މިހާގެ ސިއްޚީ ރިކޯޑް އޮންލައިންކޮށް ބެލުމަށް ބޭނުންކުރާ ސޮފްޓްވެއަރ ޑިވެލޮޕްކުރުމަށްޓަކައި މިހާރު ބަޔަކާއި ހަވާލުކުރެވި، އެ މަސައްކަތް ކުރިއަށްދާކަމަށް ހުސެއިން ރަޝީދު ވިދާޅުވިއެވެ.މީގެ އިތުރުން ހުސެއިން ރަޝީދު ވިދާޅުވީ، ފެމިލީ ޑޮކްޓަރުންގެ ޚިދުމަތް އަތޮޅުތެރޭގައި ފަށައިގަތުމަށް ބޭނުންވާ ޑޮކްޓަރުންނާއި، މެޑިކަލް އޮފިސަރުން ހުރިހާ ރަށްތަކަކަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެފަރާތްތައް ތަމްރީން ކުރުމުގެ މަސައްކަތް އަވަށްޓެރި ޤައުމުތަކާއި ގުޅިގެން ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުންދާކަން އެނާ ފާހަގަކުރެއްވިއެވެ.ހެލްތް މިނިސްޓްރީން ބުނީ، މި ހިދުމަތަށް ރަޖިސްޓްރީ ނުކުރާ ފަރާތްތައް، ފުރަތަމަ ފަހަރަށް ޑޮކްޓަރަށް ދެއްކުމުން، އެފަރާތްތަކުގެ މައުލޫމާތުވެސް އެއްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ބޮޑުބައެއް މިހާރު މި ޚިދުމަތަށް ރަޖިސްޓްރީ ކުރެވިފައިވާކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއްވައެވެ.