އަތޮޅުތައް

ޤައުމީ ދުވަހާއި ގުޅުވައިގެން ބޭއްވި ބަހުސް މުބާރާތުގެ އެއްވަނަ ހއ.އަތޮޅު ތަޢުލީމީ މަރުކަޒު ހޯދައިފި


ޤައުމީ ދުވަހާއި ގުޅުވައިގެން ހއ. އުތީމު ކައުންސިލުން ބޭއްވި ބަހުސް މުބަރާތުގެ އެއްވަނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ހޯދައިފިއެވެ.

ހއ.އަތޮޅު ތަޢުލީމި މަރުކަޒާއި ހއ.އަތޮޅު މަދަރުސާ ވާދަކުރި ބަހުސް މުބާރާތް ބާއްވާފައިވަނީ އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ޚާއްސަ ޖަލްސާއަށްފަހުއެވެ.

މުބާރާތުގައި ބަހުސް ކޮށްފައިވަަނީ "ސިޔާސީ ޕާޓީ ނިޒާމުގެ ސަބަބުން ޤައުމިއްޔަތަށް ނޭދެވޭ އަސަރު ކުރޭ" މިމައުޞޫއަށެވެ. މިމައުޞޫއާ އެއްކޮޅަށް ވާހަކަ ދައްކާފައިވަނީ ހއ.އަތޮޅު ތަޢުލީމި މަރުކަޒުންނެވެ. ކޮންމެ ސްކޫލަކުން ފަސް ދަރިވަރުން ބައިވެރިވި ބަހުސްއިން އެއްވަނަ ހޯދި ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށް އިނާމް ހަވާލުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ރައީސް ޑރ. ޝަމީމްއެވެ.

އެއްވަނަ އަށް ދިޔަ ޓީމަށް ވަނީ އުތީމް ކައުންސިލުންނާއި އެރަށު ޖަމިއްޔާއަކުން ފައިސާގެ އިނާމް ދެއްވާފައެވެ. އަދި ސަން ފައުންޑޭޝަންގެ ފަރާތުން ވަނީ މުބާރާތުގައި ބައިވެރިވި ދެ ސުކޫލަށް ހިތްވަރު ދިނުމުގެ ގޮތުން ފައިސާގެ އިނާމެއް ދެއްވާފައެވެ.

މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައި ވަނީ އާދަމް ނަސީރު އިބްރާހިމާއީ ޑރ. އަޝްރަފް އަބްދުއްރަޙީމް އަދި އިންފޮމޭޝަން ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލް ހަސަން ޝާކިރް މުޙައްމަދެވެ.