ޚަބަރު

ރައީސް ނަޝީދަށް ތިލަދުންމަތީ ދިއްދޫން ހޫނު މަރުޙަބާއެއް


ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތިލަަދުންމަަތި ދެކުނުބުރި ދިއްދުއަށް ވަޑައިގެންފިއެވެ.

ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ދިއްދުއަށް ވަޑައިގަތުމުން އެރަށުގެ ގިނަ ޢަދަދެއްގެ ބަޔަކު އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

ރައީސް ނަޝީދު ދިއްދުއަށް ކުރައްވާ 2 ދުވަހުގެ ދަތުރުފުޅުގައި ދިއްދޫގެ ރައްޔިތުންނާ ބައްދަލުކުރުމުގެ އިތުރުން، އެކި އެކި މުއައްސަސާތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދު ދިއްދޫއަށް ވަޑައިގެންފައި މިވަނީ 3 އަހަރަށްވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ.