ޚަބަރު

އަބޫބަކުރު ސްކޫލުގެ ސްޓަރ ދަރިވަރުންގެ "ކަލަރ ޕާޓީ" ބާއްވައިފި


ގދ. ތިނަދޫގައި ހުންނަ އަބޫބަކުރު ސްކޫލުގެ ސްޓަރ ދަރިވަރުންގެ ކަލަރ ޕާޓީ މިއަދު ބާއްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެ ސްކޫލުގެ ޕްރިންސިޕަލް ޖަމްޝީދާ ޢަބްދުﷲ ވިދާޅުވީ ކޮންމެ އަހަރަކުވެސް ސްޓަރ ދަރިވަރުންގެ ޙަރަކާތްތައް ނިންމާލުމުގެ ގޮތުން "ކަލަރ ޕާޓީ"އެއް ބާއްވަން ޖެހޭ ކަމަށެވެ. އެގޮތުން މިއަދު ބޭއްވި ޙަރަކާތަކީ އެ ސްކޫލުގެ ސްޓަރ ދަރިވަރުންގެ މިއަހަރުގެ ޙަރަކާތްތައް ނިންމާލުމުގެ ގޮތުން ބޭއްވި ޙަރަކާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޙަރަކާތަކީ ކޮންމެ އަހަރަކުވެސް ވަކި ތީމެއް ނުވަތަ ކުލައެއް ކަނޑައަޅައިގެން ބާއްވާ ޙަރަކާތެކެވެ. އެގޮތުން މިއަހަރު އެ ޙަރަކާތް ނޫ ކުލައިގެ ތީމުގައި ބާއްވާފައިވާއިރު ޖުމްލަ 57 ދަރިވަރުން ބައިވެރިވެފައިވެއެވެ.

" މި ހަރަކާތުގަ ސްކޫލުން ނަގާފަ މިވަނީ ބްލޫ ކަލަރ ޕާޓީއެއްގެ ގޮތުގަ ބާއްވާ ގޮތަށް. މި ހަރަކާތުގެ 57 ދަރިވަރުން. އެއީ ޔޫކޭޖީގެ ސްޓާ ކުދިންނާއި ގްރޭޑު އެކެއްގެ ސްޓަރ ކުދިން ހިމެނޭ ގޮތަށް ޖުމްލަ 57 ދަރިވަރުން ބައިވެރިވާނެ މި ޙަރަކާތުގަ،" ޖަމްޝީދާ ވިދާޅުވިއެވެ.

ސްޓަރ ދަރިވަރުންގެ ޙަރަކާތްތައް ނިންމާލުމުގެ ގޮތުން "ކަލަރ ޕާޓީ" އެއް މިއަދު ބާއްވާފައިވާއިރު އެ ސްކޫލުގެ ލިޓްލް މެއިޑުގެ ޙަރަކާތްތައް ނިންމާލުމުގެ ގޮތުން ކޭމްޕެއް ބާއްވަންވެސް ވަނީ ނިންމާފައެވެ. އެގޮތުން އެ ކޭމްޕުގައި ބައިވެރިވާނީ ގްރޭޑް ދެއަކުން ފެށިގެން ގްރޭޑު ފަހަކާ ދޭތެރޭގެ ލިޓްލް މެއިޑް ކުދިންކަމަށް އަބޫބަކުރު ސްކޫލުން މަޢުލޫމާތުދެއެވެ.