ޚަބަރު

އެމްއެމްއައިން ޖެނުއަރީ މަހު ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ މޯލްޑިވްސް މީޑިޔާ އިންސްޓިޓިއުޓްއިން އަންނަ އަހަރު ޖެނުއަރީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

އެމްއެމްއައިން އަންނަ އަހަރު ޖެނުއަރީގައި ފެށުމަށް ހަމަޖެހިފައިވަނީ މީޑިޔާ ބްރޯޑްކާސްޓިންގ ޖާރނަލިޒަމްއާ ގުޅުންހުރި 6 ކޯހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް ވަން އިން ނިއުސް ޕްރެޒެންޓިންގ އެންޑް ނިއުސް ރީޑިންގ އާއި ސެޓްފިކެޓް ވަން އިން ޓީވީ ޕްރޮޑަކްޝަން އާއި ސެޓްފިކެޓް ތްރީ އިން ބްރޯޑްކާސްޓިންގ އެންޑް މީޑިޔާ މެނޭޖްމަންޓާއި، އެޑްވާންސްޑް ސެޓްފިކެޓް އިން ވީޑިއޯ އެންޑް ފިލްމް ޕްރޮޑަކްޝަން އާއި ޑިޕްލޮމާއިން ވީޑިއޯ އެންޑް ފިލްމް ޕްރޮޑަކްޝަނެވެ.

މޯލްޑިވްސް މީޑިޔާ އިންސްޓިޓިއުޓްގެ މާކެޓިންގ އެންޑް ސޯޝަލް މީޑިޔާ އޮފިސަރ މަލްޝާ ޝަރީފް ވިދާޅުވީ، ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޑިސެމްބަރު މަހުގެ 31 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭ ކަމަށާއި މިއީ މީޑިޔާގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ހުޅުވާލޭވޭ ރަނގަޅު ފުރުޞަތެއް ކަމަށެވެ.

މަލްޝާ ވިދާޅުވީ، މީގެތެރޭގައި މެލޭޝިޔާގެ ލިމްކޮކްވިންގ ޔުނިވަރސިޓީގެ ޓިވެޓް ޕްރޮގްރާމްތައްވެސް ހިމޭނޭނެ ކަމަށެވެ. އަދި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް އިންސްޓޯލްމަންޓް އުސޫލުން މަހުން މަހަށް ބަހާލައިގެން ފީދެއްކޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާ ކަމަށް އެމްއެމްއައިން ބުނެއެވެ. ޖެނުއަރީ މަހު ފެށުމުގައި ހަމަޖެހިފައިވާ ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 20ވަނަ ދުވަހުއެވެ. އެމްއެމްއައިން ގެންދަނީ މިހާރުވެސް މިޑިޔާ ދާއިރާއާ ގުޅުހުންހުރި ގިނަ ކޯސްތަކެއް ހިންގަމުންނެވެ.