ޚަބަރު

ހއ.ދިއްދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި


ހއ ދިއްދޫގައި މިއަދުގެ ހެނދުނު ނުރައްކާތެރި އެކްސިޑެންޓްއެއް ހިންގައިފިއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއްގައި ކުޑަކުއްޖަކު ގޮވައިގެން ދަމުން ދުއްވަމުންދިޔަ މީހަކު މަޑު ކޮށްލި ވަގުތު، ކުޑަކުއްޖާ ސައިކަލުގެ މުއްގަނޑު އަނބުރާލުމުން ސައިކަލާއިއެކު ކޮންޓުރޯލުން ނެއްޓިގެންނެވެ.

މި ޙާދިސާގައި ސައިކަލުގޮސް މަގުގެ އަނެއްފަރާތުގެ ފާރަށް އަރައި، ސައިކަލު ދުއްވަން އިން ފިރިހެން މީހާއަށް ވަރަށްބޮޑަށް ހާނީއްކަވެފައިވެއެވެ. އަދި ކުޑަކުއްޖާއަށްވެސް ވަނީ ހާނީއްކަވެފައެވެ. މި ދެމީހުންނަށް ހއ.އަތޮޅު ހޮސްޕިޓަލުން އަންނަނީ ފަރުވާ ދެމުންނެވެ.

މީގެ ދެދުވަސްކުރިންވެސް ދިއްދޫގައިވަނީ މިފަދަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާވެފައެވެ. އެކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލުން ފަރުވާދީފައިވެއެވެ.