ޚަބަރު

އެމްޓީސީސީން މާލެއާއި ހުޅުމާލެއާ ދެމެދު ޢާންމު ފެރީ ދަތުރުތައް ހުއްޓާލަނީ


މާލެ ސަރަޙައްދުގައި އެމްޓީސީސިން ދެމުންގެންދާ ފެރީގެ ބައެއް ޚިދުމަތްތައް ހުއްޓަލުމަށް ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ ސިނަމާލެ ބުރިޖު ހުޅުވުމާ ގުޅިގެން އެމްޓީސީސީން މާލެއާއި ހުޅުމާލެ އަދި މާލެ އާއި ހުޅުލެއާއި ދެމެދު ދެމުންގެންދާ ދަތުރުފަތުރުގެ 3 ޚިދުމަތެއް ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ.

އެމްޓީސީސީން ބުނީ މާލެ އާއި ހުޅުމާލެއާއި ދެމެދު ދެމުން ގެންދާ އާންމު ފެރީގެ ޚިދުމަތާއި، މާލެ އާއި ހުޅުމާލެއާއި ދެމެދު ދެމުން ގެންދާ އެކްސްޕްރެސް ލޯންޗްގެ ޚިދުމަތް ހޯމަ ދުވަހުގެރޭ މެންދަމު 12 އިން ފެށިގެން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ. މީގެއިތުރުން މާލެ އާއި ހުޅުލެ އާއި ދެމެދު ދެމުން ގެންދާ އެކްސްޕްރެސް ލޯންޗްގެ ޚިދުމަތްވެސް ހޯމަ ދުވަހުގެ ރެއިން ފެށިގެން ހުއްޓާލުމަށް ނިންމާފައިވާކަމަށް އެކުންފުނިން ބުނެއެވެ.

އާންމު ފެރީގެ ޚިދުމަތާއި އެކްސްޕްރެސް ލޯންޗްގެ ޚިދުމަތް ހުއްޓާލި ނަމަވެސް، މާލެއާއި ހުޅުމާލެއާއި ދެމެދު ދެމުންގެންދާ ޕްރީމިއަމް ފެރީގެ ޚިދުމަތްތައް މިހާރެކޭވެސް އެއްގޮތަށް ކުރިޔަށް ގެންދާނެކަމަށް އެމްޓިސީސީން ބުނެއެވެ.

މީގެ އިތުރުން ހުޅުމާލޭގައި ދެމުންގެންދާ ބަހުގެ ޚިދުމަތްތައްވެސް ޝެޑިއުލާ އެއްގޮތަށް ކުރިޔަށް ގެންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.