ޚަބަރު

މާލެ އަތޮޅަށް ޔެލޯ އެލާރޓް ނެރެފި


ކުރިއަށް އޮތް ވަގުތުތަކުގައި މާލެ އަތޮޅުގެ ހުރިހާ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާރޓް ނެރެފިއެވެ.

މާލެ އަތޮޅު ރަށްރަށަށް ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު ހެނދުނު އަށަކުން ފެށިގެން އެގާރައަށެވެ. އަދި މިއަދު ހެނދުނު 6 އިން ފެށިގެން މެޓް އޮފީހުން ވަނީ މާލެއަތޮޅާއި އައްޑޫސިޓީއަށް ވައިޓް އެލާރޓް ނެރެފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެކަމަށާއި، ވަކިން ޚާއްޞަކޮށް މެދުތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި އުތުރުގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށް ވެސް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.

ހުޅަނގުގެ މޫސުމުގެ މި ވިއްސާރަ ޑިސެމްބަރުމަހާ ހަމައަށް ދިގުލައިގެން ދާނެކަމަށް ލަފާކުރެވޭއިރު މިދުވަސްވަރު މޫސުމަށް ސަމާލުވެ ތިބުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

ރާއްޖެއަށް ކުރަމުން މިދާ މޫސުމީ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި މާލޭގެ ގިނަ މަގުތަކުގައި ފެންބޮޑުވެފައިވާއިރު އެމްއެންޑީއެފްއިން މިހާރު ދަނީ މަގުތަކުން ފެންހިއްކުމުގެ މަސައްކަތްކުރަމުންނެވެ.