ޚަބަރު

ތުރުކީއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ - ފޮރިން މިނިސްޓަރ


ދިވެހިރާއްޖެއާ ތުރުކީއާ ދެމެދުގައި އޮންނަ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ޔަޤީންކަން ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ދެއްވައިފިއެވެ.

ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ފޮރިން މިނިސްޓަރ ޗަވޫޝޯޟޫއަށް ފޮނުއްވެވި ތަހުނިޔާގެ މެސެޖެއްގައި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވަނީ ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދުއޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ދެއްވައި، އެޤައުމުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. މީގެ އިތުރުން ތުރުކީ ރައްޔިތުންގެ ކުރިމަގު ފާގަތިވުމަށް އެދިވަޑައިގަންނަވާކަމަށް ފޮރިން މިނިސްޓަރގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1979 ވަނަ އަހަރުއެވެ.