ޚަބަރު

ދުނިޔޭގެ އެންމެ މަޤްބޫލު ސްޕާ މަންޒިލްގެ އެވޯޑް ރާއްޖެއަށް


ދުނިޔޭގެ އެންމެ މަޤުބޫލު ސްޕާ މަންޒިލްގެ އެވޯޑު ރާއްޖެއަށް ލިބިއްޖެއެވެ.

ސެއިންޓް ރީޖަސް ވޮއްމުލި ރިސޯޓުގައި ބޭއްވި 4 ވަނަ ވޯލްޑް ސްޕާ އެވޯޓް ޙަފްލާގައި ރާއްޖެއިން މި އެވޯޓް ޙާސިލްކޮށްފައިވަނީ ދުނިޔޭގެ ނަން މަޝްހޫރު ސްޕާ ޑެސްޓިނޭޝަންތަކާ ވާދަކޮށެވެ. އެގޮތުން މުޅި ދުނިޔެއިންވެސް އެންމެ މަޤުބޫލު ސްޕާ މަންޒިލްގެ އެވޯޑު ރާއްޖެއިން ކާމިޔާބުކުރީ ތައިލޭންޑް، ހަވާއީ، މޮރިޝަސް، އޮސްޓްރޭލިއާ، ސީޝެލްސް، އެމެރިކާ އަދި ޔޫއޭއީއާ ވާދަކޮށެވެ. އެންމެ މަޤުބޫލު ސްޕާ މަންޒިލްގެ ކެޓަގަރީގެ އިތުރުން ރާއްޖޭގެ ރިސޯޓުތަކުންވަނީ މިއެވޯޑްގެ އެހެން ކަޓަގަރީތަކުންވެސް އެވޯޑް ހޯދާފައެވެ.

ވޯލްޑް ސްޕާ އެވޯޑަކީ ދުނިޔޭގެ ސްޕާ ބްރޭންޑުތަކާއި މިފަދަ ޚިދުމަތްދޭ މަންޒިލްތަކުގެ ތެރެއިން އެންމެ މަޤުބޫލު އަދި ފެންވަރު ރަގަނޅު ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ފާހަގަކުރުމަށް ދުނިޔޭގެ ފެންވަރުގައި 2015 ވަނަ އަހަރު ދޭން ފެށި އެވޯޑެކެވެ.