ޚަބަރު

އާރޓިފިޝަލް ބީޗް ސަރަޙައްދުގައި ހުރި ވެހިކަލްތައް ނަގަން އަންގައިފި


އާރޓިފިޝަލް ބީޗް ސަރަހައްދުގައި ޕާކްކޮށްފައިވާ އެއްގަމު އުޅަނދުތައް ނެގުމަށް ހައުސިންގ މިނސްޓްރީން އަންގައިފިއެވެ.

އެމިނސްޓްރީން ބުނީ އާރޓިފިޝަލް ބީޗް ތަރައްޤީކުރުމަށްޓަކައި ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި އެމިނސްޓްރީން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާތީ އެތަނުގައި ޕާރކުކޮށްފައި ހުރި އުޅަނދުތައް އަންނަ ހުކުރުދުވަހުގެ ކުރިން ނަގައި އެތަން ހުސްކުރުމަށް އެދޭކަމަށެވެ.

އަދި މި ތާރިޚުގެ ނިޔަލަށް ނުނަގާ ހުންނަ އުޅަނދުތައް ފުލުހުން މެދުވެރިކޮށް ނަގާނެކަމަށާއި މި ކަމުން އުޅަނދުތަކަށް ލިބޭ ގެއްލުމަކަށް އެމިނސްޓްރީން ޒިންމާ ނުވާނެކަމަށްވެސް ހައުސިންގ މިނސިޓްރީން ބުނެފައިވެއެވެ.

މާލޭ ވަށަމަގު އަލުން ތަރައްޤީކޮށް އެމަގުގައި ޕާކުނުކުރެވޭގޮތަށް ކަނޑައެޅިފަހުން އާޓިފިޝަލް ބީޗް ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ވެހިކަލްތައް ޕާކުކޮށްފައި ހުންނަކަން ފާހަގަކުރެވެއެވެ.