ރާއްޖޭގެ އެންމެ ދުވަސްވީ ދިވެހި މަސްވެރިޔާއަށް ގއ. ގެމަނަފުށި މަސްވެރިންގެ ޖަމިއްޔާއިން ހިލޭ ޢުމްރާ ދަތުރެއް ދޭން ނިންމައިފިއެވެ.
ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއިން ބުނީ ނަވާ ޙައްޖު ގްރޫޕާ ގުޅިގެން މިއަހަރު ޑިސެމްބަރ މަހު ދިއުމަށް ހަމަޖެހިފައިވާ އުމްރާދަތުރުތަކަށް ހުށަހަޅަން ހުޅުވާފައިވާއިރު އެ ގުރުޕުން ރާއްޖޭގެ އެންމެ ދުވަސްވީ މަސްވެރިޔާ އަށް ހިލޭ އުމްރާ ދަތުރެއްދޭން ވަނީ ނިންމައިފިއެވެ.
ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއިން ބުނީ މިއަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ އެންމެ ދުވަސްވީ މަސްވެރިޔާ އަށް ހިލޭ ޢުމްރާ ދަތުރެއްދޭން އެޖަމިއްޔާއިން ނިންމާފައިވާކަމަށެވެ. މި ޢުމްރާ ދަތުރަށް ކުރިމަތިލުމުމުގެ ފުރުޞަތު ކަނޑުމަހުގެ ނުވަތަ ކަންނެލީގެ މަސްވެރިކަން ކުރާ ދިވެހި މަސްވެރިންނަށް ހުޅުވާލާފައިވާކަމަށް ގެމަނަފުށީ މަސްވެރިންގެ ޖަމިއްޔާއިން ބުނެއެވެ. ޢުމްރާ ދަތުރަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް އެޖަމިއްޔާއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން ގެމަނަފުށީ މަސްވެރިންގެ ޖަމްއިއްޔާއާއި ނަވާ ޙައްޖު ގްރޫޕް ގުޅިގެން މަސްވެރިންނަށް ހާއްސަ ޢުމްރާ ޕެކޭޖެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. ހެޔޮ އަގުތަކެއްގައި ތައާރަފްކުރި މި ޕެކޭޖްގެ ދަށުން ފުރުޞަތު ހުޅުވާލާފައިވަނީ 30 ފަރާތަކަށެވެ. މި ޕެކޭޖްގެ ދަށުން އުމްރާއަށްދާ ފަރާތްތަކަށް ފެންވަރު ރަނގަޅު ޙިދުމަތްތަކާއެކު ދަތުރުތެރެއިން ގިނަ ތަންތަން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެފަރާތުން މައުލޫމާތުދެއެވެ.