ޚަބަރު

ބްރެކްސިޓްގައި އިތުރު ވޯޓެއް ނެގުމަށް ގޮވާލާ މުޒާހަރާކުރަނީ


އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމާ ބެހޭގޮތުން ޤާއިމުކުރާ އެއްބަސްވުމާ މެދު އިނގިރޭސި ރައްޔިތުންގެ މެދުގައި ޢާއްމު ވޯޓެއް ނެގުމަށް ގޮވާލާ، އެ ޤައުމުގެ ލަންޑަންގައި އެތަައް ހާސް ބަޔަކު މުޒާހަރާކޮށްފިއެވެ.

މުޒާހަރާގެ ބައިވެރިން ބުނަނީ ވިލާތުން ވަކިވުމުގައި އިނގިރޭސިވިލާތުން އެކުލަވާލާ އެއްބަސްވުމާ ބެހޭގޮތުން އެ ޤައުމުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެކަމަށާއި އިނގިރޭސިވިލާތުގެ ރައްޔިތުންގެ ބަސް މި ކަމުގައި ހޯދުމަކީ މުހިއްމު ކަމެއްކަމަށެވެ. މި އެއްވުން އިންތިޒާމްކުރުމުގައި ހަރަކާތްތެރިވި މީހެއް ކަމަށްވާ ޖޭމްސް މެގްރޯރީ ވިދާޅުވީ، މިފަދަ ވޯޓެއް ނެގުމުގެ މުހިއްމުކަމަކީ ވިލާތުގެ އިއްތިހާދުން ވަކިވުމަށް ކުރިން ވޯޓު ދިން ފަރާތްތަކަށް އެ ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ދޭންޖެހޭ ކަމަށާއި، މިކަމަކީ ކުރިއަށް އޮތް އެތައް ޖީލަކަށް އަސަރުކުރާނެ ކަމެއްކަމަށެވެ.

އަދި ވިލާތުގެ އިއްތިހާދުން ވަކިވުމާ ބެހޭގޮތުން ކުރިއަށްގެންދާ މަޝްވަރާތައް ގޮސްފައިވާ ގޮތުން އިނގިރޭސި ރައްޔިތުންގެ ހިތުގައި ސަރުކާރަށް އޮތް އިތުބާރު ކުޑަވެފައިވާ ކަމަށާއި، ވިލާތުގެ އިއްތިހާދުން ވަކިވުމުން މީގެ ކުރިން ކުރެވޭނެކަމަށް ބުނެ ސަރުކާރުން ވަޢުދުވެފައިވާ ކަންކަން ކޮށްދެވޭނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަންނަ 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 30 ވަނަ ދުވަހު ކުރިން އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުން ވަކިވުމަށް ކަނޑައަޅާފައިވާއިރު އަދިވެސް މުހިއްމު މައްސަލަތަކުގައި ދެ ފަރާތުން އެއްގަލަކަށް ނޭރެއެވެ.