ޚަބަރު

ޕެޓްރޯލާއި ޑީސަލްގެ އަގަށް ބަދަލުގެނެސްފި


އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގަށް އަނެއްކާވެސް ބަދަލުގެނެސްފިއެވެ.

އެކުންފުނިން ބުނީ ޕެޓްރޯލް ލިޓަރަކުން 42 ލާރި، ޑީސަލް ލިޓަރަކުން 66 ލާރި ބޮޑުކޮށްފައި ވާނެކަމަށެވެ. މި ބަދަލާއެކު ޕެޓްރޯލް ލިޓަރެއް މިހާރު ވިއްކަމުންދަނީ 11.33ރ. އަށެވެ. އަދި ޑީސަލް ލިޓަރެއްގެ އަގު މިހާރުވަނީ 12.09ރ. އަށް ބޮޑުވެފައެވެ.

މި ބަދަލު ގެނައުމުގެ ކުރިން އެސްޓީއޯއިން ޕެޓްރޯލް ލިޓަރެއް ވިއްކީ 10.97ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާފައިވަނީ 11.43ރ. އަށެވެ. މިއީ އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު މި މަހުގެ ތެރޭގައި ބޮޑުކުރި ދެވަނަ ފަހަރެވެ. މިމަހުގެ ފުރަތަމަ ދުވަހު އެސްޓީއޯއިން ވަނީ ޕެޓްރޯލާއި ޑީސަލް ލިޓަރަކުން 20ލާރި ބޮޑުކޮށްފައެވެ.

އެސްޓީއޯއިން ބުނީ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުކަމަށެވެ.