ޚަބަރު

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ބެހޭގޮތުން މަޝްވަރާކޮށްފި


ޓްރާންސިޝަން ކޮމިޓީގެ މެމްބަރުން، ރައްޔިތުންގެ މަޖިލީހުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީގެ އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައި އިންތިޚާބީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން ޓްރާންސިޝަން ކޮމިޓީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ވެރިން މަޝްވަރާކުރެއްވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއި ޓްރާންސިޝަން ކޮމިޓީގެ ޗެއާމަން ޢަބްދުﷲ ޝާހިދު އާއި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަހުމަދު ލަތީފު އަދި އެމްޑީޕީގެ ޗެއާރޕަސަން ހަސަން ލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންތިޚާބީ ރައީސް ހުވާކުރެއްވުމާ ގުޅޭގޮތުން މަޖިލީހާއި މަޝްވަރާކޮށްފައިވާއިރު، އެމްޑީޕީން ބުނެފައިވަނީ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާނީ އާންމުންނަށް ހުޅުވާލައިގެން ގަލޮޅު ފުޓުބޯޅަ ދަނޑުގައި ކަމަށެވެ. އަދި އެ ރަސްމިއްޔާތަށް ޤައުމުތަކުގެ ވެރިންނަށް ދައުވަތު ދެއްވާނެ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.