ޚަބަރު

ތަހުޤީޤު ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި


އެކި އޮޕަރޭޝަންތަކުގައާއި، މައްސަލަތަކުގައި އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ތެރެއިން ތަހުޤީޤު ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރިފައިވާ ބަޔާނެއްގައި ހާމަކޮށްފައިވާގޮތުގައި ދޫނިދޫގައި މިތަކެތި ނައްތާލައިފައިވަނީ މަސްތުވާތަކެއްޗާއިބެހޭ މައްސަލަތަކުގައި ހެކީގެގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު ޢަމަލު ކުރާނެގޮތުގެ ޤަވާއިދުގެ ދަށު ޕްރޮސިކިއުޓަރ ޖެނެރަލް އެކުލާވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.