ޚަބަރު

އޮގަސްޓު މަހާ އަޅާ ބަލާއިރު ، މިދިޔަ މަހު ގައިންގަޔަށް އަރާ ބަލި ރިޕޯޓުކުރެވުނު މިންވަރު އިތުރު - އެޗްޕީއޭ


މިއަހަރުގެ އޮގަސްޓްމަހާ އަޅާ ބަލާއިރު، މިދިޔަ ސެޕްޓެމްބަރ މަހު ގައިން ގަޔަށް އަރާ ބަލިތައް ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމާއި ދިމާކޮށް ޑެންގީއާއި، އަރިދަފުސް ރޯދާފަގަ ބަލިތައް ޖެހޭ މިންވަރު އިތުރުވާކަން ފާހަގަކުރެވިފައިވާކަަމަށެވެ. އެގޮތުން މިފަދަ ބަލިތައް ޖެހިގެން މިދިޔަ ސެޕްޓެމްބަރުމަހު ތިރީސްހާހާއި ގާތްކުރާ ޢަދަދެއްގެ މީހުން ޑޮކްޓަރަށް ދައްކާފައިވާކަން އެޗްޕީއޭގެ ރިކޯޑުތަކުން ދައްކައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ގައިންގަޔަށްއަރާ ބަލިތަކުގެ ތެރެއިން ސެޕްޓެމްބަރުމަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަރިދަފުސް ރޯގާ ޖެހިގެންނެވެ. އެގޮތުން ވިހި ހާހަށްވުރެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައިވާއިވާއިރު، މީގެތެރއިން ހަ ހާސް ހަތްސަތޭކައަށްވުރެ ގިނަ މީހުން ރިޕޯޓްކޮށްފައިވަނީ މާލެއިންކަން އެޗްޕީއޭއިން ބުނެއެވެ.


މިިދިޔަ މަހު ޑެންގީގެ 244 ކޭސްވަނީ ރިޕޯޓްކޮށްފައިވާއިރު، އެންމެ ގިނައިން ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވަނީ މާލެއާއި، ރ އަދި ށ އަތޮޅުންކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބޭރަށްހިންގުމާއި، ހޮޑުލުމާއި، ވައިރަލް ހުން ޖެހިގެންވެސް ގިނ ޢަދަދެއްގެ މީހުން މިދިޔަ މަހު ޑޮކްޓަރަށް ދައްކާފައިވެއެވެ. އެގޮތުން ވައިރަލް ހުން ޖެހިގެން ފަސްހާސް ތިންސަތޭކަ ސާޅިސް ނުވަ މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު، ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިގެން ހަތަރުހާސް ދުއިސައްތަ ތިރީސް ހަތަރު މީހުންވަނީ ޑޮކްޓަރަށް ދަށްކާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެއިތުރު 56 ފަރާތަކުން އިންފްލުއެންޒާއަށް ޓެސްޓުކޮށްފައިވާއިރު، "އިންފުލުއެންޒާ އޭ"އަށް ފަސް މީހުން ޕޮސިޓިވްވެގެން ފަރުވާ ހޯދާފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.