ޚަބަރު

އިންތިޚާބާ ގުޅޭގޮތުން ހުށަހެޅި މައްސަލައިގެ ދެވަނަ އަޑުއެހުން ފަށައިފި


ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ޕީ.ޕީ.އެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށައެޅު ދުސްތޫރީ މައްސަލައިގެ ޝަރީއަތުގައި ހިމެނޭ ސިއްރު ހެކިންނާމެދު ގޮތެއް ނިންމުމަށް ޝަރީއަތް މެދުކަނޑާލުމަށްފަހު އަލުން ފަށައިފިއެވެ.

މި މައްސަލައިގެ ދެވަނަ އަޑުއެހުން ފަށާފައިވަނީ މިއަދު ހެނދުނު 10:30ގައެވެ. ނަމަވެސް މި މައްސަލައިގައި ހިމެނޭ ސިއްރު ހެކިންނާމެދު ގޮތެއް ނިންމުމަށް އަޑުއެހުން މެދުކަނޑާލާފައިވަނީ މިއަދު 12:30 ހާއިރު މެދުކަނޑާލާފައެވެ.

މިއަދުގެ އަޑުއެހުމުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތުން މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކި ވަކީލުން ވަނީ ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ގެނައިކަމަށް އެފަރާތުން ބުނާ އަނގޮޓި ގެނައީ އިލެކްޝަންސް ކޮމިޝަންސްގެ ރައީސް އަހުމަދު ޝަރީފްގެ އަމިއްލަ ހަރަދުގައި، ޝަރީފް ފޮނުއްވި މީހަކު ކަމަށް ބުނެ، އެކަން ސާބިތުކޮށްދޭން ސިއްރު ތިން ހެއްކެއް ހުށަހެޅުމުގެ ފުރުސަތަކަށް އެދިފައެވެ. މިކަމާގުޅޭގޮތުން އުއްތަމަފަނޑިޔާރު ވިދާޅުވީ، ސިއްރު ހެކި ޤަބޫލުކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ދެ ފަރާތަށް ވެސް ފުރުސަތު ދޭނެކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތުން މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކި ވަކީލުން ވަނީ ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ގެނައިކަމަށް އެފަރާތުން ބުނާ އަނގޮޓި ގެނައީ އިލެކްޝަންސް ކޮމިޝަންސްގެ ރައީސް އަހުމަދު ޝަރީފްގެ އަމިއްލަ ހަރަދުގައި، ޝަރީފް ފޮނުއްވި މީހަކު ކަމަށް ބުނެ، އެކަން ސާބިތުކޮށްދޭން ސިއްރު ތިން ހެއްކެއް ހުށަހެޅުމުގެ ފުރުސަތަކަށް އެދިފައެވެ. މިކަމާގުޅޭގޮތުން އުއްތަމަފަނޑިޔާރު ވިދާޅުވީ، ސިއްރު ހެކި ޤަބޫލުކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ދެ ފަރާތަށް ވެސް ފުރުޞަތު ދޭނެކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތުން މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކި ވަކީލުން ވަނީ، ކުރިން ވޯޓު ކަރުދާސްތައް ބަހައްޓާ ތަނުގެ ތަޅުދަނޑި އޮންނަނީ ހަމައެކަނި ފުލުހުންނާއި އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ އަތުގައިކަމަށްވީނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްތައް ބަހައްޓާތަނުގެ ދެ ތަޅުދަނޑިވެސް އޮތީ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ އަތުގައި ކަމަށް ބުނެފައި. އަދި ވޯޓު ކަރުދާސް ބަހައްޓާފައިވާތަނަށް 39 މީހަކު 197 ފަހަރު ވަދެފައިވާކަން އެނގިފައިވާކަމަށާ، އެތަނުން ބައެއް މީހުން ނުކުމެފައިނުވާކަމަށްވެސް ރައީސް ޔާމީންގެ ވަކީލުން ވަނީ ބުނެފައެވެ. އަދި މިކަންކަން ތަހްޤީޤު ކުރުމުގެ ހުއްދައަކަށް ރައިސް ޔާމީންގެ ވަކީލުން ވަނީ ސްޕްރީމް ކޯޓުގެ ބެންޗުގައި އެދިފައެވެ.

މީގެއިތުރުން ވޯޓު ކަރުދާސް ޕްރިންޓް ކުރުމަށް ހަވާލުކުރި ކުންފުންޏާމެދު ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ވަކީލުންވަނީ އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރަން ބިޑް ކުރުމުގެ މަރުހަލާއާއި އެ ކުންފުނިން އެ މަސައްކަތް ކުރިގޮތް ތަޙްޤީގު ކުރުމުގެ ހުއްދައަކަށްވެސް ވަކީލުން ވަނީ ވަނީ ސްޕްރީމް ކޯތުގެ ބެންޗުގައި އެދިފައެވެ.

އިއްޔެ ބޭއްވި މިމައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އޮތީ ސުޕްރީމް ކޯޓަށް އިންތިޚާބާ ގުޅޭގޮތުން މައްސަލަ ހުށަހަޅާފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީންގެ ފަރާތްޕުޅުން ދަޢުވާ ހުށަހެޅުމާއި އެ ދަޢުވާއަށް އިލެކްޝަންސް ކޮމިޝަނާއި މައްސަލައަށް ތަދައްޚުލްވެފައިވާ ސިޔާސީ ޕާޓީތަކުން މައްސަލައަށް ޖަވާބުދާރީވުމެވެ.

ފުރަތަމަ އަޑުއެހުމުގައި ދަޢުވާ ހުށަހަޅުއްވަމުން ޕީޕީއެމް ރިޔާސީ ކެންޑިޑޭޓުގެ ވަކީލުންގެ ޓީމުން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ ދުޞްތޫރީ ޒިންމާ އެއްފަރާތް ކުރުމަށްފަހު ކަމަށާއި، އިންތިޚާބުގައި ވޯޓުލާ ނިމި ވޯޓު ގުނަން ފެށިއިރު ބައެއް ވޯޓު ފޮށިތަކުގައި ވޯޓުލާން ރަޖިސްޓްރީކޮށް ވޯޓުލާފައިވާ މީހުންގެ ޢަދަދަށްވުރެ ގިނަ މީހުން ވޯޓުލާފަހުރި ވޯޓު ފޮށިތައް ހުރި ކަމަށެވެ. އަދި ވޯޓު ކަރުދާސް ޗާޕްކުރުމަށް ހަވާލުކުރި ކުންފުންޏާއި ގުޅޭގޮތުންނާއި، ވޯޓު ކަރުދާސްތަކުގެ ސައްޚަކަން ކަށަވަރުކަރުމަށް ޔޫވީ ލައިޓް އެކަށީގެންވާ ގޮތެއްގައި ބޭނުންނުކުރުން ފަދަ މައްސަލަތައް ރައީސް ޔާމީންގެ ވަކީލުން ވަނީ ފާހަގަކޮށްފައެވެ. އަދި އެބޭފުޅުން ވިދާޅުވީ އިންތިޚާބުގައި މަކަރު ހަދަން އިލެކްޝަންސް ކޮމިޝަނުން އޮތީ ވަކިބަޔަކަށް ފަހި ކޮށްދީފައި ކަމަށެވެ.

މައްސަލައަށް ޖަވާބުދާރީވަމުން އިލެކްޝަންސް ކޮމިޝަނުގެ ވަކީލުން ވިދާޅުވީ ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބިނާކޮށްފައި ވަނީ ވަޙުމްތަކެއްގެ މައްޗަށް ކަމަށާއި އެ މައްސަލާއިގައި ސާބިތު އެއްވެސް ހެއްކެއް ނެތް ކަމަށެވެ.