ޚަބަރު

ބްރޯޑްކޮމްއިން ފައިސާ ޚަރަދުކޮށްފައިވަނީ ރަނގަޅަށް : އޯޑިޓް


މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން 2017 ވަނަ އަހަރު ފައިސާ ޚަރަދުކޮށްފައިވަނީ ރަނގަޅަށް ކަމަށް އޯޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވާ އޮޑިޓަރ ޖެނެރަލް އޮފީހުން ޢާއްމުކުރި ބްރޯޑްކޮމްގެ ރިޕޯޓުގައި ބުނެފައިވަނީ ވަނީ 31 ޑިސެމްބަރު 2017 އަށް ނިމުނު މާލީ އަހަރުގެ ޚަރަދުތައް ކޮށްފައި ވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ފާސްކޮށްދެއްވި ބަޖެޓުގެ މަޤުޞަދުތައް ޙާސިލުވާ ގޮތަށްކަމަށެވެ.

އެގޮތުން އެ ކޮމިޝަނުން ޚަރަދުތައް ކޮށްފައިވަނީ ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން އެހެނިހެން މާލީ ކަންކަން ވެސް ބްރޯޑްކޮމުން މައިގަނޑު ގޮތެއްގައި ހިންގާ ބަލަހައްޓާފައި ވަނީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވައިދާ އެއްގޮތަށް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.