ޚަބަރު

ސާފު ސުޒުކީ ތަށި މާދަމާ އައްޑޫސިޓީ އަށް!


ސާފު ސުޒުކީ (ސާފް ޗެމްޕިއަން ޝިޕް 2018) ތަށި ހިފައިގެން އައްޑޫސިޓީގެ މަޝްހޫރު ފުޓްބޯޅަ ދެ ތަރިންކަމަށްވާ މުޙައްމަދު އާރިފު (ބަކާ) އާއި އިބްރާހިމް މަހުދީ ޙުސައިން (ކުދު އިއްބެ) މާދަމާ އައްޑޫ ސިޓީއަށް އައުމަށްވަނީ ހަމަޖެހިފައެވެ.

އިއްބެ އާއި ބަކާ ތަށި ހިފައިގެން އައުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:30ގައެވެ. ތައްޓާއި އެކު މިދެތަރިންނަށް ހޫނު މަރުޙަބާ ކިއުމަށް އައްޑޫސިޓީއަށް ރައްޔިތުންދަނީ ތައްޔާރުވަމުންނެވެ. އަދި ވީހާވެސް ގިނ ަ ސަޕޯޓަރުންނަށް ،ތައްޓާއި އެކު ފޮޓޯ ނެގުމުގެ ފުރުސަތު ދިނުމުގެ ގޮތުން ފޭދުއާއި ހިތަދޫގައި ފޮޓޯ ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މޢުލޫމާތު ލިބެއެވެ.

ސާފު ސުޒުކީ ތަށި މިފަހަރު ކާމިޔާބު ކުރުމުގައި އިއްބެ އަދި ބަކާ ދައުރު ބޮޑެެވެ. އެގޮތުން، ފައިނަލް މެޗުގައި ރާއްޖެ އިންޑިއާގެ މައްޗަށް ލީޑު ނަގައި ޓީމަށް ހިތްވަރު ގެނެސްދިނީ އިއްބެއެވެ.

ދިވެހި ޤައުމީ ޓީމުން ސާފް ސުޒުކީ ކަޕް 2018 ކާމިޔާބު ކުރީ ފައިނަލް މެޗުގައި ޞަރަޙައްދީ ފުޓްބޯޅައިގެ ބާރުކަމަށްވާ އިންޑިއާ ބަލިކޮށްގެންނެވެ. މިއީ ރާއްޖެ މިމުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.