ޚަބަރު

ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންނަށް ދަނީ ބިރުދައްކަމުން- މިނިސްޓަރ މުއިއްޒު


ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންނަށް މަގުމަތިން ދިމާކޮށް ބިރުދައްކަމުންދާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހައުސިންގ މިނިސްޓްރީގެ ވަކިވަކި މުވައްޒަފުންނަށް މަގުމަތިން ދިމާކޮށް ބިރުދައްކަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ބިރުވެރިކަމެއްގެ ތެރެއަށް މުވައްޒަފުން ވެއްޓިފައިވާ ކަމަށެވެ.

މިނިސްޓަރު ވަނީ މިކަމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް ވިދާޅުވެ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ވިދާޅުވެފައެވެ.

ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންނަށް ބިރުދައްކަމުންދާކަމަށް މިނިސްޓަރ މުޢިއްޒު ތުހުމަތުކުރައްވާފައިވާއިރު، ހައުސިންގ މިނިސްޓްރީން މިހާރު ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްދާ ގޮތާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.