ޚަބަރު

އައްޑޫއިން ބިން ދޫކުރަނީ ލޭންޑްޔޫޒް ޕްލޭނާ ޚިލާފު ނުވާގޮތަށް - ޒުހައިރު


އައްޑޫސިޓީން ބިން ދޫކުރަނީ އައްޑޫލޭންޑް ޔޫޒް ޕްލޭނާ ޚިލާފު ނުވާގޮތަށްކަމަށް ހައުސިންގް މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައްސިންގް މިނިސްޓްރީގެ އައްޑޫ ގޮފި ހިންގުމާ ހަވާލުވެ ހުންނެވި، އެގްޒެކެޓިވް ކޯޑިނޭޓަރ ޢަބްދުﷲ ޒުހައިރު ވިދާޅުވީ، އައްޑޫ ސިޓީން ޤަވާއިދާ ޚިލާފަށް ބިން ދޫކުރަމުން ނުދާ ކަމަށެވެ. އަދި މީގެ ކުރިން ދޫކޮށްފައިވާ ބިންތަކަކީ ކުރިން ބިންތައް ލިބި، އެބިންތައް ސަރުކާރަށް ނަގާފައިވާ މީހުންނަށް އޭގެބަދަލުގައި އެހެން ތަންތަނުން ދީފައިވާ ބިންތަކެއް ކަމަށް ޒުހެއިރު ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިފަހަރު ބިންދޫކުރުމުގައި އަލަށް ބަޔަކަށް ބިންތަކެއް ދީފައި ނުވެއެވެ. މިފަހަރު ދޫކޮށްފައިވަނީ ކުރިންދޫކޮށް އަނބުރައި ސަރުކާރަށް ނަގާފައިވާ ބިންތަކެއް ކަމަށެވެ.

އައްޑޫ ސިޓީން ބިންތަށް ދޫކުރުމަށް އިޢުލާން ކުރުމާ ގުޅިގެން އައްޑޫސިޓީ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ، އައްޑޫގެ 4 ރަށަކުން 400 އަށްވުރެ ގިނަ ގޯތިދޫކުރުމަށް ހައުސިން މިނިސްޓްރީން އިޢުލާން ކޮށްފައިވާކަމަށާ، މިކަން މިދުވަސްވަރު ކުރަނީ ވަކިބަޔަކަށް ނާޖާއިޒް ލިބޭގޮތަށް އައްޑޫގެ ލޭންޑްޔޫޒް ޕްލޭނާ ޙިލާފަށް ކަމަށެވެ.