ޚަބަރު

މިރިއަންދޫ ރިސޯޓް ރަސްމީކޮށް ހުޅުވައިފި


ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.

ފަތުރުވެރިން ޝައުގުވެރިވާ ކަނޑުގެ ދިރުންތައް މިސާލަކަށް ބަލައިގެން ފަރުމާކޮށްފައިވާ ވެސްޓިން މޯލްޑިވްސް، މިރިއަންދޫ ރިސޯޓަށް މިއަދު އައި ފުރަތަމަ ފަތުރު ވެރިޔާއަށް ވަނީ އެރިސޯޓުން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

މި ރިސޯޓް ތަރައްޤީކޮށްފައިވަނީ މަތީފަންތީގެ ލަގްޒަރީ ރިސޯޓެއްގެގޮތުގައެވެ. މި ރިސޯޓުގައި ޖުމްލަ 70 ކޮޓަރި ހިމެނެއެވެ.

މިރިސޯޓާއެކު ބ.އަތޮޅުގައި ޖުމްލަ 16 ރިސޯޓު މިހާރު ހިންގަމުންދެއެވެ. މިރިސޯޓު ތަރައްޤީ ކޮށްފައިވަނީ ޖަޕާނުގެ ބެލޫނާ ކޯ ކުންފުންޏާއި ސްރީލަންކާގެ އޭޝިއާ ކެޕިޓަލް ގުޅިގެންނެވެ.

މިއީ މިރިޔަންދޫ މޯލްޑިވްސް ބްރޭންޑް ކުރާ މެރިއޮޓް އިންޓަރނޭޝަނަލް ކުންފުނިން ރާއްޖޭގައި ހުޅުވި ހަތަރުވަނަ ރިސޯޓެވެ. ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓު ފަރުމާކޮށްފައިވަނީ އިޓަލީގެ މަޝްހޫރު ކުންފުންޏެއްކަމަށްވާ ޕީއީއައިއޭ އެސޯސިއޭޓުންކަމަށް އެރިސޯޓުން މަޢުލޫމާތުދެއެވެ.