 
					
									
			ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެން އެކުގައި މަސައްކަތްކޮށް ރާއްޖެ އަމާން ތަނަކަށް ހެދޭނެކަމަށާ، އެކަން ކުރައްވާނެކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ބައެއްސަރަހައްދުތަކުގައި ބަޔަކު ހިންގި މާރާމާރީތަކާއި ގުޅޭގޮތުން 
ކަން ބޮޑުންވުންފާޅުކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. އިންތިޚާބީ ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި މާރާމާރީތައް އިތުރުވެ ނުރައްކާތެރިކަން ބޮޑުވެފައިވަނީ ކަންކަން ފާލުންނެއްޓި ބޮއްސުންލާފައިވާތީ ކަމަށެވެ. އެހެން ކަމުން މިކަންކަން ޙައްލުކޮށް އާސަރުކާރުން އެންމެން ޤައުމު އަމާންތަނަށް ހަދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 
ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މާރާމާރީތަކެއް ހިންގައި ތޫނުއެއްޗެހިން މީހުން ޒަޚަމްކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީގުކުރަމުންދާކަމަށާއި، އެފަދަ އަމަލުތައް ހިންގައި ވެށި ހަލަބޮލިކުރަން މަސައްކަތްކުރާ ފަރާތްތަކާމެދު ޤާނޫނުގައިވާ ގޮތުގެ މަތިން ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުންވަނީ ދީފައެވެ.