ޚަބަރު

ފުވައްމުލަކު ފެނުގެ ޚިދުމަތުން އަގު ނަގާނެގޮތް ޢާންމުކޮށްފި


ފުވައްމުލައް ސިޓީގެ ފެނުގެ ޚިދުމަތުން އަގު ނަގާނެގޮތް ކަނޑައަޅައި ފެނަކަ ކޯޕަރޭޝަނުން ޢާންމުކޮށްފިއެވެ.

މި އަގުތައް ޢާންމުކޮށްފައި ވަނީ ފެނަކަ ފުވައްކުލަކު ބްރާންޗުން ދޫކުރާ ފެނުގެ ޚިދުމަތަށް އެދޭ ފޯމާއެކު ދޫކުރާ މަޢުލޫމާތު ކަރުދާހުގައެވެ. މި މަޢުލޫމާތު ކަރުދާހުގައި ފެނުގެ ޚިދުމަތް ދިނުމާގުޅޭ މައުލޫމާތުތަކެއް ވަރަށް ތަފްޞީލުކޮށް ލިޔެފައިވެއެވެ. އެގޮތުން ޚިދުމަތަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ތަކެއްޗާއި ފެންމީޓަރު ގުޅައިދޭނެތަންތަނާއި ފެންމީޓަރު ގުޅައި ދިނުމާބެހޭ މުހިންމު މަޢުލޫމާތުގެ އިތުރުން ފެނުގެ ޚިދުމަތުން އަގުނަގާނެ ގޮތުގެ ފުރިހަމަ ތަފްޞީލުވެސް ހިމަނާފައިވެއެވެ.

މިހާރު އަގު ނެގުމައް ޢާންމުކޮފައި ވާގޮތަކީ ޢާންމު ގޭބިސީއެއްނަމަ ފެންމީޓަރު ތަކުން ބޭނުންކުރާ 0އިން ފެށިގެން 100ލީޓަރާ ހަމަޔަށް ދެލާރި އަދި ވިޔަފާރި ކުރާ ތަންތަނާއި ސަރުކާރު ތަންތަނުނުން 10ލާރިއެވެ.

ފެންމީޓަރު ތަކުން ބޭނުންކުރާ ފެން 101އިން 200ލީޓަރާ ހަމަޔަށް މީހުން ދިރިއުޅޭ ގޭބިސީއެއް ނަމަ 7ލާރި ވިޔަފާރިކުރާ ތަންތަނާއި ސަރުކާރު ތަންތަނުން 12.5ލާރިއެވެ. އަދި ފެން މީޓަރުތަކުން ބޭނުންކުރެވިފައި ވަނީ 201ލީޓަރުން މަތިނަމަ މީހުން ދިރިއުޅޭ ގެބިސީ އަކުން ދައްކަން ޖެހޭނީ 9.5ލާރިއެވެ. ސަރުކާރާއި އަމިއްލަ ވިޔަފާރި ކުރާ ތަންތަނުން ދައްކަން ޖެހެނީ 13.5ލާރިއެވެ.

ފެން ވިއްކާ ކިއޯސްކުން ފެން ވިކާ އަގުވެސް ފެނަކައިން ޢާންމު ކޮށްފައިވެއެވެ. އެގޮތުން ކިއޯސްކުން ފެންވިއްކާނީ ހުރިހާ ފަރާތްތަކަކަށް ވެސް ލީޓަރަކަށް 10ލާރީގެ މަގުންނެވެ. އަދި ކަނެކްޝަން ފީއެއްގެ ގޮތުގައި މަހަކު 30ރުފިޔާ ފެންބޭނުންކުރާ ޢާންމު ގެބިސީއާއި ވިޔަފާރި ކުރާތަންނުންނާއި ސަރުކާރު ތަންތަނުން ނެގޭނެއެވެ.

ފެންމީޓަރު މަގުފާރަށްވުރެ 1މީޓަރަށްވުރެ ދުރުގައި ބަހައްޓަން ބޭނުންފުޅުވާ ފަރާތްތަކުން އިތުރުވާ ކޮންމެ ދިގު މީޓަރަކަށް 750ރުފިޔާ ދައްކަން ޖެހެއެވެ. ޢާންމު ގެބިސީތަކުން އަގު ނެގުމަށް ހަމަޖެހިފައި ވަނީ 3ބޭންޑަކަށް ބަހާލެވިގެނެވެ. ނަމަވެސް އެހެނިހެން ތަންތަނުން އަގުނެގުމަށް ޢާންމުކޮށްފައިވަނީ ފިކްސްޑް ރޭޓަކުނެވެ.

އަދި ފއިސާ ނުދައްކަވާ ކޮންމެބިލަކަށް %2 ޗާޖްކުރެވޭނެ ކަމަށްވެސް ފެނަކައިން އާންމުކުރި މަޢުލޫމާތު ކަރުދާހުގައި ވޭއެވެ.