ޚަބަރު

ފުވައްމުލަކު ޒުވާނުން ނިކުމެ އެރަށުގެ ހޭޅިފަށް ސާފުކޮށްފި


ފުވައްމުލައް ސިޓީ ހޯދަޑު ޒުވާނުންނާއި އެސިޓީގެ ޑައިވިންގ ސްކޫލެއް ގުޅިގެން މިއަދު އެރަށުގެ ހޭޅިފަށް ސާފުކޮށްްފިއެވެ.

ސާފުކުރުމުގެ މަސައްކަތް ފެށީ ހެދުނު އެގާރަޖެހިއިރުއެވެ. ނިންމާލީ ހަވީރެވެ.

މިމަސައްކަތުގައި އިސްވެ އުޅުނު ޒުވާނެއްކަމަށްވާ އަހްމަދު ޝަަމީމް ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދިން ގޮތުގައި، ހޭޅިފަށް ސާފުކުރުމުގެ ބޭނުމަކީ ފުވައްމުލައް ސިޓީއަކީ ސާފު ތާހިރު އަދި ތިމާވެއްޓާއި ރަށްޓެހި ސިޓީއަކަށް ހެދުމަށްކަމަށެވެ. އަދި ބޭނުންވަނީ ފުވައްމުލަކުގެ އަތިރިމައްޗަކީ ސާފު ތަނަކަށްހެދުންކަމުގައި އޭނާ ބުންޏެވެ.

ސާފުކުރުމުގެ މި ޙަރަކާތުގައި ހޭޅިފަށާއި އަތިރިމައްޗަށް އާޅާފައިވާ ޕްލާސްޓިކާއި ދަޅުފަދަ ތަކެތި ނެގިއެވެ.އެންމެ ގިނައިން ނެގީ ޕްލާސްޓިކް ފުޅިކަމަށް ސާފުކުރުމުގެ ޙަރަކާތުގައި ބައިވެރިވި ޒުވާނުން ބުންޏެވެ.
މިއަދުނޫނަސް ފުވައްމުލަކުގެ ޒުވާނުން އަމިއްލައަށް އިސްނަގައިގެން ވަރަށް ގިނައިން އަތިރިމައްޗާއި ހޭޅިފަށް ސާފުކުރެއެވެ.