ޚަބަރު

ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖޭގެ އިންތިޚާބީ ރައީސަށް މަރުހަބާ ދަންނަވައިފި


ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް މަރުހަބާ ދަންނަވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި އިބްރާހިމް މުޙައްމަދު ޞާލިޙު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވަމުން، ޕާކިސްތާނުގެ ބޮޑު ވަޒީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމަށް އިންތިޚާބީ ރައީސަށް ދަންނަވާފައެވެ. އަދި ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން ދީގެން މަސައްކަތްކުރުމަށްވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙުއަށް ޕާކިސްތާނުން މަރުޙަބާ ކިޔާފައިވާއިރު، އެކި ޤައުމުތަކުގެ އިސްވެރިން ދަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވަމުންނެވެ.