ޚަބަރު

"19ވަނަ ގްލޯބަލް ފީމޭލް ފޯކް ޑާންސް ކޮމްޕެޓިޝަން އެންޑް ކާރނިވަލް" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް


އަންނަ އަހަރު އިންޑިއާގެ ޤާޒީ އާބާދުގައި އޮންނަ "ނަވާރަވަނަ ގްލޯބަލް ފީމޭލް ފޯކް ޑާންސް ކޮމްޕެޓިޝަން އެންޑް ކާރނިވަލް" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބެއްޖެއެވެ.

އަންނަ ޖެނުއަރީ މަހުގެ 3 އިން 7 ކަށް ބާއްވާ މުބާރާތް އަދި ކަރނިވަލަކީ އިންޑިއާގެ ޗާރޫ ކާސަލް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ އަހަރީ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މިމުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ހުރުމާއި ކެއުން ޗާރޫ ކާސަލް ފައުންޑޭޝަނުގެ ފަރާތުން ހަމަޖައްސާނެކަމަށް ނެޝަނަލް ސެންޓަރ ފޯރ ދި އާރޓްސް އިން ބުނެއެވެ.

ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސްއިން ބުނީ މި ޙަރަކާތުގެ ގްރޫޕެއްގައި ބައިވެރިވެވޭނީ މަދުވެގެން 8 އަދި ގިނަ ވެގެން 14 އަންހެނުންނަށެވެ. މިކާނިވަލުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހުގެ 25 އާއި ހަމަޔަށް ނެޝަނަލް ސެންޓަރ ފޯރ ދި އާރޓްސްއިން ވަނީ ހުޅުވާލާފައެވެ.