ޚަބަރު

ޕެންޝަން އޮފީހުން އައިޖީއެމްއެޗްގެ ބަލިމީހުންނަށް ހަދިޔާ ބަހައިފި


ދޮށީ އުމުރުގެ މީހުންގެ ދުވަހަށް ޚާއްސަކޮށްގެން ޕެންޝަން އޮފީހުން އައިޖީއެމްއެޗްގެ ބަލިމީހުންނަށް ހަދިޔާ ބަހައިފިއެވެ.
މިއީ ދޮށީ އުމުރުފުރައިގެ މީހުންނަށް އަޅާލައި މުޖުތަމަޢުގައި އެމީހުންގެ ދައުރު އޮތްކަން އަންގައިދިނުމުގެ ގޮތުން ކޮންމެ އަހަރެއްގެ ދޮށީ އުމުރުގެ މީހުންގެ ދުވަހުގައި ޕެންޝަން އޮފީހުން ކުރަމުން އަންނަ މަސައްކަތެކެވެ.
ޕެންޝަން އޮފީހުން އައިޖީއެމްއެޗަށް ކުރި މިދަތުރުގައި އެހޮސްޕިޓަލުގެ ސަތޭކަ ދިހަ 110 ބަލިމީހުންނަށް ހަދިޔާ ބަހާފައިވެއެވެ.

ޕެންޝަން އޮފީހުން ބުނީ އުމުރުން ދުވަސްވެފައިވާ މީހުންނަށް ކުޑަނަމަވެސް އެހީއެއް އެކުންފުނީގެ ފަރާތުން ލިބުމަކީ އެކުންފުނިން ވަރަށް އުފާވާކަމެއްކަމަށާއި ކުރިއަށް އޮތް ތާނގައި އުމުރުން ދޮށީ މީހުންނަށް އެހީވުމުގެ ގޮތުން މިއަށްވުރެ ބޮޑު ފެންވަރެއްގައި މަސައްކަތްކުރާނެކަމަށެވެ. ޕެންޝަން އޮފީހުން ފާއިތުވި އަހަރުތަކުގައި ދޮށީ އުމުރުގެ މީހުންގެ ދުވަސް ފާހަގަކޮށްފައިވަނީ އަތޮޅުތެރޭގައެވެ.

އެހެންނަމަވެސް މިއަހަރު މާލެއާއި އަދި އެހެން ރަށްރަށުގައިވެސް ދޮށީ އުމުރުފުރައިގެ މީހުންގެ ދުވަސް ފާހަގަކުރާނެކަަމަށް ޕެންޝަން އޮފީހުން ބުނެއެވެ.
މިއަދު މި ފާހަގަކުރާ ދޮށީ އުމުރުފުރައިގެ މީހުންގެ ދުވަހަކީ 1991ވަނަ އަހަރުން ފެށިގެން އ.ދ.އިން ފާހަގަކުރަމުންދާ ދުވަހެކެވެ.