ޚަބަރު

މިއަހަރުގެ އޯލެވެލް އިމްތިޙާން ފަށައިފި


ފަސް ހާހަށް ވުރެ ގިނަ ދަރިވަރުންނާއިއެކު މިއަހަރުގެ އޯލެވެލް އިމްތިޙާނު ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ އޯލެވެލް އިމްތިޚާނުގައި މިއަހަރު ރާއްޖެއިން (5802) ފަސް ހާސް އަށްސަތޭކަ ދެ ދަރިވަރުން ބައިވެރިވާކަމަށެވެ. އަދި އެސް.އެސް.ސީ އިމްތިޙާނުގައި ފަސްހާސް ތިންސަތޭކަ ތިން ދަރިވަރުން (5303) ބައިވެރިވެފައިވާކަމަށްވެސް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނެއެވެ.

ޖީސީއީ އޯލެވެލް އިމްތިޙާނު މިއަދު ފެށިއިރު، އިމްތިޚާނު ނިމޭނީ ނޮވެމްބަރުމަހުގެ މެދުތެރޭގައިކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މަޢުލޫމާތުދެއެވެ.

މިއަހަރުގެ އޯލެވެލް އިމްތިޙާނުގައި ފަސް ހާސް އަށްސަތޭކަ ދެ ދަރިވަރުން ބައިވެރިވިއިރު މިއީ ކުރީ އަހަރާއި އަޅާ ބަލާއިރު މަދު އަދަދެއްކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރުގެ އޯލެވެލް އިމްތިޙާނުގައި ހަތް ހާސް އެއްސަތޭކަ ފަންސަވީސް (7125) ދަރިވަރުން ބައިވެރިވިއެވެ.